ދަ ލައިން: ދުނިޔެ ސިއްސައިގެންދާވަރުގެ ތަފާތު ބިޔަ ޕްރޮޖެކްޓެއް ސައޫދީން އިއުލާނުކޮށްފި

ދުނިޔޭގެ އެކި ބިނާތަކާއި އަޅާބަލާއިރު މުޅި ދުނިޔެ ސިއްސަައިގެންދާވަރުގެ ބިޔަ ބޮޑު ޕްރޮެޖެކްޓެއް ސައޫދީ އަރަބިއްޔާއިން އިއުލާނުކޮށްފިއެވެ. ސައުދީ ވަލީ އަހުދު އިއްޔެ ލޯންޗުކޮށްދެއްވި މި އާ ޕްރޮޖެކްޓަށް ...

26 Jul 2022 | 07:22

ދުނިޔޭގެ އެކި ބިނާތަކާއި އަޅާބަލާއިރު މުޅި ދުނިޔެ ސިއްސަައިގެންދާވަރުގެ ބިޔަ ބޮޑު ޕްރޮެޖެކްޓެއް ސައޫދީ އަރަބިއްޔާއިން އިއުލާނުކޮށްފިއެވެ.

ސައުދީ ވަލީ އަހުދު އިއްޔެ ލޯންޗުކޮށްދެއްވި މި އާ ޕްރޮޖެކްޓަށް ދީފައިވާ ނަމަކީ "ދަ ލައިން" އެވެ. ނަން ދީފައިވަނީ މި ޕްރޮޖެކްޓް ނިމޭއިރު ދުނިޔެއަށް މި ޕްރޮޖެކްޓް ފެނިގެންދާނީ ސައުދީގެ އެއްކޮޅުން އަނެއްކޮޅަށް ދާންދެން އަޅާލާފައިވާ ރޮނގެއްގެ ސިފައިގާ ކަމަށްވާތީއެވެ.

ނުވަ މިލިޔަން މީހުންނަށް ދިރިއުޅެވޭނޭހެން 34 ކޮޑިކިލޯމީޓަރުގައި ބިނާކުރާ މި އިންފްރާސްޓްރަކްޗާގައި ކޮމިއުނިޓީތަކަށް ބަހާލައިގެން މީހުންނަށް ދިރިއުޅެވޭނޭހެން ބިނާކުރާއިރު އަސާސީ ކޮންމެ ހިދުމަތެއް ހޯދަންވެސް ކޮންމެ ކޮމިއުނިޓީއަކުންވެސް ގިނަވެގެން ފަސް މިނެޓު ހިނގަން ނުޖެހޭނެ ގޮތަށް ގާތްގާތުން ހުރިހާ ހިދުމަތެއް ލިބޭނެކަމަށް ބުނެފައިވެއެވެ.

މުޅި ލައިންގެ އެއްކޮޅުން އަނެއްކޮޅަށް 20 މިނެޓުން އާންމު އުޅަނދަކާނުލާ ދަތުރުުކުރެވޭނޭހެން ފަރުމާކުރާ މި ބިޔަ ބިނާގައި ހިދުމަތްތައް އޭއައި މެދުވެރިކޮށް އޮޓޯނޮމަސްކޮށް ލިބެގެންދާނެކަމުގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލާފައިވާ ފުންނާބުއުސް، އާކިޓެކްޗަރުންގެ ޓީމަކުން ޑިޒައިންކުރާ މި ބިނާގެ އުސްމިނުގައި 500 މީޓަރު ހުންނާނެކަމަށް ބުނެފައިވެއެވެ. އެއީ އެމްޕަޔަރ އެސްޓޭޓާއި އައިފެލްޓަވަރަށްވުރެ އުސްވުމެވެ. މި ލައިންގެ ފުޅާމިނުގައި 200 މީޓަރު އަދި ދިގުމިނުގައި 170 ކިލޯމީޓަރު ހުންނާނެކަމަށް ބުނެފައިވެއެވެ.

ސާފުވައި ދައުރުވާނޭހެން އިއާދަކުރަނިވި ހަކަތައާއި ފެން ލިބޭނޭހެން ތައްޔާރުުކުރެވޭ މި ސަހަރުގައި ކޮންމެ ބަޔަކަށްވެސް ސާފުކޮށް ގުދުރަތީ މަންޒަރުތައް ފެންނާނޭހެން އަދި އެ މަންޒިލްތަކަށް ދެވޭނޭހެން އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެކަމަށްވެސް ބުނެފައިވެއެވެ.

މި ބިޔަ ޕްރޮޖެކްޓް ސައުދީން ސިފަކޮށްފައިވަނީ ދުނިޔެއަށް ދެން ފެނިގެންދާނެ އަޖައިބުގެ ގޮތުގައެވެ.

https://www.youtube.com/watch?v=0kz5vEqdaSc

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް