މިނިވަން ދުވަސް ފާހަގަކުރުމަށް ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް - ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީ އެންމެ 125 ރުފިޔާއަށް

ރާއްޖޭގެ 57 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ޑޭޓާ އެޑް-އޮން އެންމެ 125...

26 Jul 2022 | 07:21

ރާއްޖޭގެ 57 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ޑޭޓާ އެޑް-އޮން އެންމެ 125 ރުފިޔާ އަށް ނެގޭނެއެވެ.

ދިރާގު ޕްރީޕެއިޑް ގެ ކޮންމެ ޕްލޭނަކަށް ސަބްސްކްރައިބް ކުރައްވާފައިވާ ފަރާތަކަށް ވެސް މިނިވަންދުވަހުގެ މި ޚާއްސަ އެޑް-އޮން އަށް އެޕްލައި ކުރެވޭއިރު، މީގެ ތެރޭގައި މަމެން، ސަޅި ޕްރީޕެއިޑް، އަމަރް ޕްރީޕެއިޑް އަދި ހެލޯ ޕްރީޕެއިޑް ޕްލޭންގެ ކަސްޓަމަރުން ވެސް ހިމެނެއެވެ.

މި އޮފަރ ކުރިއަށް ދާނީ ޖުލައި 26 އިން 31 ޖުލައި ގެ ނިޔަލަށް ފަސް ދުވަހުގެ މުއްދަތަކަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މި ހުޅުވާލި ޚާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑްގެ ކޮންމެ ޕްލޭނަކަށް ސަބްސްކްރައިބްކޮށްފައިވާ ފަރާތަކަށް ވެސް މި އެޑް-އޮން އަށް އެޕްލައިކުރެވޭނެއެވެ. މީގެ ތެރޭގައި މަމެން، ސަޅި ޕްރީޕެއިޑް، އަމަރް ޕްރީޕެއިޑް އަދި ހެލޯ ޕްރީޕެއިޑް ޕްލޭންގެ ކަސްޓަމަރުން ވެސް ހިމެނެއެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  ފަސޭހަކަމާއިއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 343 އަށް‘Data125’ އަށް އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެއެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް