އަތޮޅު ތެރެއިން 55 އަދި މާލެއިން 26 މީހުންނާއި އެކު މިއަދު ކޯވިޑް ޖެހުނީ 98 މީހުންނަށް

ކޯވިޑް-19 އަށް އިތުރު 98 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 55 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 26 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުންވެސް ކޯވިޑް ޖެހިފ...

26 Jul 2021 | 18:14

ކޯވިޑް-19 އަށް އިތުރު 98 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 55 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 26 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުންވެސް ކޯވިޑް ޖެހިފައިވަނީ 17 މީހުންނަށެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،744 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،597 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 13 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74،020 އަށް އަރާފައި އެވެ.

އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 219 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 76،848 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް