ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްގައި ފެން ހޮޅިއެއް ފަޅައިގެން ނުދާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ހިޔާ ފްލެޓުގެ ބޭސްމެންޓުގައި ފެން ހޮޅިއެއް ފަޅައިގެންދިޔަ ކަމަށް މީސް މީޑިއާގައި ދައުރުވާ ވީޑިއޯއާ ގުޅޭގޮތުން ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު މީޑިއާގައި ވިދާޅުވީ، އެ ހޮޅިއަކީ ފެން ގުޅުމަށް ތައްޔާރުކޮށްފައިވާ ހޮޅިއެއް ކަމަށެވެ. އެ ހޮޅީގައި ކެޕް ބާރުނުވެ ހުރުމުން ފެން ލީކުވީ ކަމަށާއި އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
ހިޔާ ފްލެޓް ލިބުނު މީހުންނާއެކު އެގްރީމެންޓް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގްރީމެންޓްގައި ސޮއި ކުރުމަށްފަހު ފްލެޓްގެ ވެރިފަރާތަށް ތަޅުދަނޑި ވެސް ހަވާލުކުރެއެވެ.
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިނަމަވެސް، ތަނުގެ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ 3 މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ކަރަންޓުގެ މަސައްކަތް ނިމުމުން ކަމަށް އެޗްޑީސީން ބުނެއެވެ.
ފްލެޓްގެ ކަރަންޓުގެ މަސައްކަތްތައް ނިމުމުން އެތަން ލިބުނު ފަރާތަތްތަކަށް ފިނިޝިން މަސައްކަތް ފެށޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް