މި އަހަރު ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދަން ނިންމައިފި

މި އަހަރުގެ ބާކީ ދުވަސްތަކުގައި ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. ސަރުކާރުގެ ސްކޫލުތަކަށް ފޮނުވި މެސެޖެއްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ވަގުތު ރާ...

26 Jul 2021 | 08:45

މި އަހަރުގެ ބާކީ ދުވަސްތަކުގައި ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ސަރުކާރުގެ ސްކޫލުތަކަށް ފޮނުވި މެސެޖެއްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ވަގުތު ރާއްޖޭގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރުމާ އެކު، މި އަހަރުގެ ނިޔަލަށް އެ ޕްރޮގްރާމު މެދުކަނޑައިލަން ނިންމާފައިވާ ކަމަށެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން ކިރު ޕެކެޓް ބޭނުންވާ ދަރިވަރުންނަށް ކޮންމެ ދުވަހަކު ކިރު ޕެކެޓެއް ނުވަތަ ކިރު ތަށްޓެއް ދިނުމުގެ އިންތިޒާމު ސްކޫލުން ހަމަޖެއްސުމަށް އެ މިނިސްޓްރީން ވަނީ ސްކޫލްތަކަށް އެދިފައެވެ.

މީގެ އިތުރުންވެސް މިނިސްޓްރީން ބުނީ، ނާސްތާ ޕްރޮގްރާމް މެދުކަނޑައިލި ނަމަވެސް ސްކޫލުތަކުގައި ގިނަ އަދަދެއްގެ ކިރު ޕެކެޓްތަކެއް ހުރުމާއި އޯޑަރު ދީފައިވާ ކިރު ޕެކެޓް ހުރުމުން އެ ތަކެތި ސްކޫލުތަކުގައި ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް