މިނިވަން ދުވަސް އައިއިރު މިތިބީ ބިރުވެރިކަމެއްގައި: އާދަމް ޝަރީފް

މިނިވަން ދުވަސް އައިއިރު މިތިބީ ބިރުވެރިކަމުގައި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ފުލުހުންނާއ...

26 Jul 2021 | 08:07

މިނިވަން ދުވަސް އައިއިރު މިތިބީ ބިރުވެރިކަމުގައި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާއި ގުޅިގެން އުފެދުނު ބިރުވެރިކަން މާބޮޑު ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދެއްވާފައި ނުވާކަން އާދަމް ޝަރީފްގެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުالله ރިޔާޒް ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ރޭވީ އެމަނިކުފާނަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށާއި އެއާއެކު އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް އަމިއްލައަށް ނިންމައިގެން ކަމަށެވެ.

އަދި މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހުންނަކީ އައިއެސް ފިކުރަށް ތާއީދުކުރާ މީހުން ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް