މޫސުން ގޯސްވެ ވެލި އެރުމުގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް މިއަދު ކުރާ ފްލައިޓް ދަތުރުތައް ކެންސަލް ކޮށްފި އެވެ.
ހުޅުވުމަށްފަހު ދަތުރުތައް މެދު ކަނޑާލާ މިއީ ދެވަނަ ފަހަރެވެ.
ހޯރަފުށި އެއާޕޯޓްގެ މިއަދުގެ ހުރިހާ ދަތުރެއް ކެންސަލް ކޮށްފައި ވަނީ މިއަދު މޫސުން އޮތް ގޮތުންނެވެ. އަދި މިއަދުގެ ދަތުރުތައް ވަނީ މާދަމާއަށް ރީޝެޑިއުލް ކޮށްފައެވެ.
މިދިޔަ މޭ މަހު ކުރި ވިއްސާރައިގައި، ބޮޑެތި ގެއްލުންތަކެއް ލިބުމުން ހޯރަފުށި އެއާޕޯޓްގެ ދަތުރުތައް ހަފްތާ އަކަށް ވުރެ ގިނަ ދުވަހަށް މެދުކަނޑާލި އެވެ. އަލުން ދަތުރުތައް ފަށާފައި ވަނީ މިދިޔަ މަހު 15 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް