އަނެއް އަފްގާނިސްތާނަށް ރާއްޖެ ވާން ބޭނުން ނުވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން އާޒިމް ރޭ ވިދާޅުވީ، ރާއްޖޭގައި އަޑީ ދައުލަތެއްވާ ކަމަށާއި ހަރުކަށި ފިކުރު ހައްދުފަހަނައަޅާ މިންވަރަށް ފެންނަމުންދާ ކަމަށެވެ.
އާޒިމް ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ތެރޭގައި ހަރުކަށި ފިކުރު އޮތްކަން މިއަދު ގަބޫލުކުރަންޖެހޭ ކަމެއް ކަމަށާއި އެ ފިކުރު އެ މުއައްސަސާތަކުގައި އޮތް މިންވަރު އެނގިވަޑައިގަންނަވާ ކަމަށެވެ.
އަދި އެފަދަ ފިކުރުތައް ނައްތާލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށާއި އެފަދަ ކަންކަން ކުރުމަށް ފުރިހަމަ އަށް ތާއީދުކުރައްވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ޓެރަރިސްޓުން ހައްޔަރުކުރަން ކުއްލި ނުރައްކާ އިއުލާން ކުރުމަށް ގޮވާލާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު 39 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް