ވީޑިއޯ އިން ފެންނަނީ ހިޔާ ފްލެޓްގެ ޝީޓުން ފެން ލީކްވާ މަންޒަރެއް ނޫން: އާންމުންގެ އެކުވެރި ގުޅުން

ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ ހިޔާ ފްލެޓްގެ ޝީޓުން ފެން ލީކްވާ މަންޒަރު ނޫންކަމަށް މަދަނީ ޖަމިއްޔާއެއް ކަމަށްވާ އާއްމުންގެ އެކުވެރި ގުޅުމުން ބުނެފިއެވެ. ވާރޭ ވެހުނު ވަގުތު ހިޔާ ފްލެޓްތަކުގެ ޝީޓު...

26 Jul 2021 | 05:31

ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ ހިޔާ ފްލެޓްގެ ޝީޓުން ފެން ލީކްވާ މަންޒަރު ނޫންކަމަށް މަދަނީ ޖަމިއްޔާއެއް ކަމަށްވާ އާއްމުންގެ އެކުވެރި ގުޅުމުން ބުނެފިއެވެ.

ވާރޭ ވެހުނު ވަގުތު ހިޔާ ފްލެޓްތަކުގެ ޝީޓުން ފެން ލީކުވާ މަންޒަރު ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިއުމުގެ ސަބަބުން ބައެއް ފްލެޓު ވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ވާތީ އެކަމާއި ގުޅޭ މައުލޫމާތު ކަށަވަރު ކުރުމަށް ފަހު އެޖަމިއްޔާއިން ވަނީ ބަޔާނެއް ނެރެފައެވެ.

https://twitter.com/AEG_Mv/status/1419307714878984194?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1419307714878984194%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F594328

އާންމުންގެ ޖަމިއްޔާއިން ބުނީ، ވީޑިއޯ އިން ފެންނަނީ ހީޓަރު ގުޅަން ލާފައި ހުންނަ ޕޮރިވިޝަންގެ ނިމޭ ކޮޅުގައި ހުންނަ ކެޕް (އެންޑު ކެޕް) ބާރު ނުކޮށް (ލޫސްކޮށް) ޖެހިފައި ހުރުމުން ލީކުވި ލީކުވުމެއް ކަމަށާއި އެއްގޮތަކަށްވެސް ޝީޓުން ފެން ލީކުވީ ނޫންކަމަށެވެ. އަދި މިއީ އެ ކެޕް ބާރު ކޮށްލުމުން ހައްލު ކުރެވޭނެ ކަމެއް ކަމަށް ވެސް އެޖަމިއްޔާ އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް