އައްޑޫ ގައި ހެދި ތާރު މެޝިނަކުން މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި

އައްޑޫ ގައި ހެދި ތާރު މެޝިނަކުން އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ޕަބްލިކް ވޯކްސް މުވައްޒަފުންގެ ހިތްވަރުން އަމިއްލަ އަށް އުފެއްދި ތާރު މެޝިނެއްގެ އެހީގައި އައްޑޫގެ މަގުތައް މަރާމާތ...

26 Jul 2021 | 05:29

އައްޑޫ ގައި ހެދި ތާރު މެޝިނަކުން އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ޕަބްލިކް ވޯކްސް މުވައްޒަފުންގެ ހިތްވަރުން އަމިއްލަ އަށް އުފެއްދި ތާރު މެޝިނެއްގެ އެހީގައި އައްޑޫގެ މަގުތައް މަރާމާތު ކުރަން ފެށިފައިވާ ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ މައުލޫމާތުދެއްވައިފައެވެ.

ނިޒާރު ވިދާޅުވީ، އައްޑޫސިޓީ ކައުންސިލުގެ އަމާޒަކީ އައްޑޫ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ވަސީލަތްތައް ގާއިމުކޮށް އަމިއްލަ ބާރުވެރިކަމާއެކު މަސައްކަތް ފަށައިގަތުން ކަމަށެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، އައްޑޫގެ މަގުތައް ހެދުމަށް ހަވާލު ކޮށްފައިވާ ޖީކޭ ކުންފުންޏަކީ އެއީ އެކަން ކުރުމަށް އެކަށީގެންވާ ބައެއް ނޫން ކަމަށާއި އެމީހުން ފަހަތުން ދުވަންޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް