އެމްއެންޕީ މިއަދު އިފްތިތާހްކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ޕާޓީ މިއަދު އިފްތިތާހްކުރަން ނިންމައިފިއެވެ. "މޯލްޑިވްސް ނެޝަނަލް ޕާޓީ ގެ ނަމުގައި...

26 Jul 2021 | 05:21

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ޕާޓީ މިއަދު އިފްތިތާހްކުރަން ނިންމައިފިއެވެ.

"މޯލްޑިވްސް ނެޝަނަލް ޕާޓީ ގެ ނަމުގައި އުފައްދާ މި ޕާޓީ އިފްތިތާހްކުރުމަށް މިއަދު މެންދުރު 2:30ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ވިލިނގިލީ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު ބައިވެރިވަޑައިގަންނަވާނެއެވެ.

އެމްއެންޕީ އިން އިއްޔެ ވަނީ އެ ޕާޓީގެ ލޯގޯ ފުރަތަމަ ފަހަރަށް ދައްކާލާފައެވެ. އެގޮތުން އެ ޕާޓީގެ ކުލައިގެ ގޮތުގައި ބޭނުންކޮށްފައިވަނީ ގަދަ ނޫ ކުލައާއި ފެހި އަދި ހުދު ކުލައެވެ. އެ ލޯގޯގައި ހިމެނޭ ބައެއް ނިޝާންތަކަކީ ރައްޔިތުންގެ މަޖިލީހުގެ ލޯގޯއިން ނަކަލުކޮށްފައިވާ ނިޝާންތަކެއް ކަމަށް ބުނެ އެމްޑީޕީ އިން ވަނީ އެ މައްސަލަ މަޖިލީހަށް ހަށައަޅަން ނިންމާފައެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންފައިވަނީ މެމްބަރު އުޝާމް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް