މިނިވަންދުވަހުގެ މުނާސަބަތުގައި މާދަމާ ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވާނެ

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ގައުމާ މުހާތަބުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ހާމަކުރައ...

25 Jul 2021 | 20:04

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ގައުމާ މުހާތަބުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސް މާދަމާ ގައުމާ މުހާތަބު ކުރައްވާނީ ހެނދުނު ދިހައެއް ޖަހާއިރުގައެވެ. ރައީސް މާދަމަ ގައުމާ މުހާތަބު ކުރައްވާއިރު ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އިން ވަގުތުން ގެނެސްދޭނެއެވެ.

މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މި އަންނަނީ 56 ވަނަ މިނިވަން ދުވަހެވެ. މިއީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މި މިނިވަންކަން އަޅުގަނޑުމެންނަށް ލިބުނީ މީގެ 56 އަހަރުގެ ކުރިން 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަން ވުމުންނެވެ.

މިިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދުވަހުގެ ކިޔުންތެރިންނަށާއި ދިވެހި ލޮބުވެތި އެންމެހާ އަޚުންނާއި އުޚްތުންނަށް އަރިސްކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް