މާފުށީ ޖަލުގައި ހިންގި ހަމަނުޖެހުމެއްގައި ބައެއް މީހުންނަށް އަނިޔާވެއްޖެ

މާފުށީ ޖަލުގައި ގައިދީންތަކަކާއި ޕްރިޒަން އޮފިސަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ. ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދިންތަކެއް ތިބި ގޮޅީގެ ލައިޓުތައ...

26 Jul 2017 | 15:48

މާފުށީ ޖަލުގައި ގައިދީންތަކަކާއި ޕްރިޒަން އޮފިސަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދިންތަކެއް ތިބި ގޮޅީގެ ލައިޓުތައް ތަޅާލައި ކަރަންޓު ނަގަން އުޅޭކަން ޕްރިޒަން އޮފިސަރުންނަށް އެނގިގެން އެކަން ހުއްޓުވުމަށް އުޅުމުންނެވެ. މި ހާދިސާ ހިނގާފައިވަނީ ނުރައްކާތެރި ކުށްވެރިން ތިބޭ ޔުނިޓުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހުމަދު ލުގުމާން މީޑިއާގައި ވިދާޅުވީ އެ ހާދިސާ ހިނގީ ރޭގައި ކަމަށެވެ. އަދި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަމަނުޖެހުމުގައި ޕްރިޒަން އޮފިސަރަކަށާއި ގައިދީއަކަށް އަނިޔާވެފައިވެ އެވެ. އަނިޔާވި ޕްރިޒަން އޮފިސަރަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާއިރު ގައިދީގެ ބޯ ފަޅައިގެން ދިޔަނަމަވެސް މާބޮޑު އަނިޔާއެއް ނުވެ އެވެ.

މިހާދިސާއަށް ފަހު މިހާރު މާފުށީ ޖަލު ވަނީ އާންމު ހާލަތަކަށް ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް