ދިވެހިރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ އުފަލާއި ގުޅިގެން ދިރާގުން މިނިވަން ޑޭޓާ ޕެކް ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފް ކޮށްފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ބައްލަވައިގަންނަވާ ޑޭޓާ ޕެކް ދިރާގުން ދެ ގުނަ އަށް ބޮޑު ކޮށް ދެއެވެ. އަދި މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެއްވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 26 ޖުލައި 2017 އިން ފެށިގެން 29 ޖުލައި 2017 ގެ ނިޔަލަށެވެ.
ތިރީގައި މި ވަނީ އިތުރު ޑޭޓާ ލިބިގެން ދާ ޕަވަރ ޑޭޓާ ޕްލޭންތަކެވެ.
ދިރާގުން ހާމަކުރާގޮތުގައި މި ޕްރޮމޯޝަނުގައި ދިރާގުގެ މޯބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންވެސް މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރެއްވޭނެއެވެ އަދި މިނިވަން ދުވަހާ ގުޅިގެން މި ފަދަ ޕްރޮމޯޝަނެއް ހިންގުމުގެ އެއް މަގުސަދަކީ ދިރާގުގެ ޑިގިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ތަކެއް ފޯރުކޮށްދިނުމެވެ.
ދިރާގަކީ ދިވެހި ރާއްޖޭގައި ޑިގިޓަލް އަދި މުވާސަލާތީ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުންޔެވެ.މި ޑޭޓާ ޕްލޭން ތަށް އެކްޓިވޭޓް ކުރެއްވުމަށް *123*8# އަށް ޖެހޭނީ ގުޅާލައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް