"ލިޕްސްޓިކް އަންޑާރ މައި ބުރުކާ" ހަތް ކަރޯޑު ހޯދައިފި

ބޮލީވުޑްގެ ފިލްމު "ލިޕްސްޓިކް އަންޑާރ މައި ބުރުކާ" ބޮކްސް އޮފީސްގައި ހަތް ކަރޯޑު ރު÷ޕީސްގެ އާމްދަނީއެއް ހަތަރު ދުވަހުގެ ތެރޭގައި ހޯދައިފި އެވެ. އެ ފުލްމު މިދިޔަ ހޯމަ ދުވަހު ބޮކްސް އޮފީސްގައި 1.28 ކަރޯ...

26 Jul 2017 | 06:35

ބޮލީވުޑްގެ ފިލްމު "ލިޕްސްޓިކް އަންޑާރ މައި ބުރުކާ" ބޮކްސް އޮފީސްގައި ހަތް ކަރޯޑު ރު÷ޕީސްގެ އާމްދަނީއެއް ހަތަރު ދުވަހުގެ ތެރޭގައި ހޯދައިފި އެވެ.

އެ ފުލްމު މިދިޔަ ހޯމަ ދުވަހު ބޮކްސް އޮފީސްގައި 1.28 ކަރޯޑު ރު÷ޕީސް ހޯދިފަހުން ދުވަހެއް ދުވަހަކަށް އަންނަނީ ހޯދާ އާމްދަނީ އިތުރުވަމުންނެވެ.

މިދިޔަ ހަފްތާ ބަންދުގައި އެ ފިލްމު ވަނީ 5.80 ކަރޯޑުގެ އާމްދަނީއެއް ހޯދާފަ އެވެ. އެއީ ހުކުރު ދުވަހު 1.22 ކަރޯޑު، ހޮނިހިރު ދުވަހު 2.17 ކަރޯޑު އަދި އާދިއްތަ ދުވަހު 2.41 ކަރޯޑު ރު÷ޕީސް އެވެ.

6 ކަރޯޑު ރު÷ޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމު އަޅުވާފައިވެސް ވަނީ އެންމެ 400 ސުކްރީންގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް