މިއަންނަ ސެޕްޓެމްބަރ މަހު ނިކުންނަ އެޕަލްގެ އައިފޯން 8 ގެ ޑިޒައިން ޔަޤީންވެއްޖެ އެވެ.
5.8 އިންޗީގެ އައިފޯންގައި މިފަހަރު ހޯމް ބަޓަންއެއް ނީންނާނެ އެވެ.
އައިފޯން 7 އެކޭ އެއްގޮތައް އައިފޯން 8 ގައިވެސް ހެޑްސެޓް ޖަހާ ބައެއް ނީންނާނެ އެވެ.
އައިފޯން 8 ގައި ފާހަގަކުރެވޭ އަނެއް ބޮޑު ބަދަލަކީ ޕަވާރ ބަޓަން އެހެން އައިފޯނުތަކަށްވުރެ ބޮޑުކޮށް އިނުމެވެ.
އޭގެ އިތުރުން ނެޓްވޯރކް އަދި ބެޓްރީ ސްޓޭޓަސް އިންނާނީ ކުރިމަތީ ކެމެރާއާއި އިއަރ ޕީސްއާއި އެއް ލައިނެއްގަ އެވެ.
އަދި ނޮޓިފީކޭޝަންތައްވެސް ފޯނުގެ ތިރިން ފެންނަ ގޮތައްވަނީ ހަދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް