މަންމަނު މީހުނަށް ޚާއްޞަކޮށްގެން އިޝާރަތް ބޭނުންކޮށްގެން ވާހަކަދައްކާ ޔޫޓިއުބު ޗެނަލްއެއް ސަޢުދީ މީހަކު އުފައްދައިފި އެވެ.
"ދަ ޑެފް ކަލްޗުރަލް ޗެނަލް" ގެ ނަމުގައި އަބްދުﷲ އަލް މުހައްމަދީ ކިޔާ މީހަކު އުފެއްދި އެ ޔޫޓިއުބު ޗެނަލްގައި އިޝާރަތް ބޭނުންކޮށްގެން އެންމެފަހުގެ ޓްރެންޓިންތަކާއި ބެހޭ މަޢުލޫމާތުތައް އެ މީހުނަށް ކިޔައިދެ އެވެ.
ދުބާއީގެ ފޮކްސް މީޑިއާ އެންޑް ޓްރެއިނިންގް އެކަޑަމީގައި މީޑިއާ ދަރިވަރެއްކަމަށްވާ މުހައްމަދީ ވަނީ ކޮމްޕިއުޓާރ ސައިންސްއިން ގުރެޖުއޭޓުވެފަ އެވެ.
މުހައްމަދީ ބުނީ އޭނާގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި މަންމަނު މީހުނަށް ޚާއްޞަކޮށް ކަމުދާނެ ތަފާތު އެކި ޕްރޮގުރާމްތައް ގެނެސްދިނުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް