ކޯޓު އަމުރެއްގެ ދަށުން މ. ކުނޫޒު ފަސް ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ބަލާ ފާސް ކުރުމަށް ފަހު ފުލުހުން ހިނގައްޖެ އެވެ.
ބަލާ ފާސް ކުރުމަށް ފަހު ފުލުހުން ދޫކޮށްފައިވާ ފޯމުގައި ބުނެފައިވަނީ ތުހުމަތު ކުރެވުނު އަދި ގުޅުން ހުރި އެއްވެސް އެއްޗެއް ކުނޫޒު ތެރެއިން ފެނިފައި ނުވާ ކަމަށެވެ. ފުލުހުން ކުނޫޒަށް ވަނީ މިރޭ 10:00 ހާއިރު އެވެ.
ފުލުހުން އެތަނަށް ވަނީ ސަރުކާރު ހިންގުމަށް ދަތިކޮށް، ސަރުކާރު ވައްޓާލާ އަދި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުގައި އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އަރީފް ސޮއިކުރައްވައި ނެރުއްވާފައިވާ ކޯޓު އަމުރުގައި ވާގޮތުން، އެމްޑީޕީ، ޖޭޕީ އަދި އަދާލަތު ޕާޓީއާއި އެނޫންވެސް ފަރާތްތަކުން އެ މަސައްކަތް ކުނޫޒުގައި ކުރަމުންދާކަމުގެ ސިއްރު މައުލޫމާތު ލިބުނީ ފުލުހުންގެ އިންޓެލެޖެންސަށެވެ.
ކުނޫޒު ބަލާ ފާސް ކުރުމާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ހާމައެއް ނުކުރެ އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހާއި ޖަގަހަ ހިންގާ ކުނޫޒަކީ މިފަހަކަށް އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުމުންތަކާއި ޖަލްސާ ބާއްވާ ތަނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް