މެންބަރު ސައުދު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި

ވިލިނގިލީ ދާއިރާގެ މެންބަރުން ކަމުން ވަކިކޮށްފައިވާ ކަމަށް ބުނާ ސައުދު ހުސައިން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ. ސައުދު ހައްޔަރު ކުރީ މިރޭ އިރާކޮޅު މ. ކުނޫޒުގައި އިންނަވަނިކޮށެވެ. އަދި ދޫކޮށް...

25 Jul 2017 | 19:35

ވިލިނގިލީ ދާއިރާގެ މެންބަރުން ކަމުން ވަކިކޮށްފައިވާ ކަމަށް ބުނާ ސައުދު ހުސައިން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

ސައުދު ހައްޔަރު ކުރީ މިރޭ އިރާކޮޅު މ. ކުނޫޒުގައި އިންނަވަނިކޮށެވެ. އަދި ދޫކޮށްލާފައިވަނީ މިރޭ 9:00 ހާާއިރު އެވެ.

ސައުދުވެސް ހައްޔަރުކޮށްފައިވަނީ ރޭ ތުލުސްދޫ ދާއިރާގެ މެންބަރު ކަމުން ވަކިކޮށްފައިވާ ކަމަށް ބުނާ މުހައްމަދު ވަހީދު (ވައްޑޭ) ހައްޔަރު ކުރި މައްސަލާގައި އެވެ. ވައްޑެ ހައްޔަރު ކުރީ މަޖިލީސް އިދާރާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް މަޖިލީސް ތެރެއަށް ގަދަކަމުން ވަދެގަތް މީހުންގެ ތެރޭގައި މަޖިލީސް މެންބަރެއް ނޫންކަމަށް ކަނޑައަޅާފައިވާ ސައުދު މަޖިލީހުގެ ތެރެއަށް ވަދެފައިވާ ކަމަށް ބުނެ އެވެ.

ހެކީގޮތުގައި ފޫޒު ފޯރަފާނެ ކަމަށް ފެންނާތީ ވައްޑެ ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ސައުދު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލީ ކޯޓު އަމުރުގައި ހިމެނެން ޖެހޭ އިޖުރާއަތުގައި ފުރިހަމަ ނުވުމުގެ ސަބަބުން ކަމަށް އޭނާ މީޑިއާގައި ވިދާޅުވި އެވެ. އެ އަމުރުގައިވާގޮތުން ސައުދު ހައްޔަރުކުރީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ސަބަބުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް