ފައިސާ ދީގެން އަށް އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ 80 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢާންމު ފަރާތަކުން ދިން މަޢުލޫމާތަކާ ގުޅިގެން މިއަދު މެންދުރު ފަހު 15:30 ހާއިރު އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ރަށަކުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް