ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުމުގެ މުނާސަބާތާ ގުޅުވައިގެން ހާއްސަ ސްޓޭމްޕް ސެޓެއް ނެރެފި އެވެ.
މޯލްޑިވްސް ފޯސްޓް ލިމިޓެޑުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ސްޓޭމްޕް ސެޓް ނެރެދެއްވީ ދައުލަތަށް ގިނަ ދުވަހު ހިދުމްތްކުރެއްވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރެވެ. ސްޓޭމްޕް ސެޓް ނެރެދެއްވުމަށްފަހު އުމަރު ޒާހިރުވަނީ ސްޓޭމްޕް ސެޓްގައި ސޮއިކުރައްވާފަ އެވެ.
މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރަށް މިނިވަން ފަންސާސް ސްޓޭމްޕް ސެޓް ޕޯސްޓް ލިމިޓެޑުން ވަނީ އަރުވާފަ އެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު ވިދާޅުވީ ސްޓޭމްޕަކީ ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް އެ އެއްޗަކީ ވަރަށް ބާރުގަދަ ވަސީލަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް