މިނިވަން ފަންސާހުގެ ރަސްމިއްޔާތުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް، އަވަށްޓެރި ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިސިރޭނާ ރާއްޖެ ވަޑައިގެންފި އެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ސިސިރޭނާ ރާއްޖެ ވަޑައިގެންފައިވާއިރު އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ، ނައިބު ރައީސް އަހުމަދު އަދީބާއި، ހާރިޖީ ވަޒީރު ދުންޔާ މައުމޫން އާއި، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފްގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ވަޒީރުންނެވެ.
https://twitter.com/MDVForeign/status/625243995107528708
މިނިވަން ފަންސާހުގެ ރަސްމީ ޖަލްސާއަށް ބޭރުގެ މަތީ ފެންވަރުގެ ބޭފުޅުން ވަޑައިގަންނަވަމުން އަންނައިރު ބޭރުގެ ބޭފުޅަކަށް ބައިވެރިވެވަޑައިގަންނަވާނެ އެންމެ އިސް ބޭފުޅަކީ ލަންކާގެ ރައީސް ސިސިރޭނާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް