މިނިވަން ދުވަހާއި ގުޅިގެން ޖީބީ އިންޓަނެޓް ދިރާގުން ދީފި

މިނިވަން ދުވަހުގެ އުފަލުގައި ދިރާގު ކަސްޓަމަރުންނަށް ދެ ޖީބީ އިންޓަނެޓް ހިލޭ ދީފި އެވެ. ދިރާގުން މިއަދު ބުނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ދެ ޖީބީ އިންޓަނެޓް ލިބޭ...

26 Jul 2015 | 06:57

މިނިވަން ދުވަހުގެ އުފަލުގައި ދިރާގު ކަސްޓަމަރުންނަށް ދެ ޖީބީ އިންޓަނެޓް ހިލޭ ދީފި އެވެ.

ދިރާގުން މިއަދު ބުނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ދެ ޖީބީ އިންޓަނެޓް ލިބޭ ލިބިގެންދާނެ ކަމަށާއި ނަމަވެސް އެ ދެ ޖީބީ އިންޓަނެޓު ބޭނުން ކުރެވޭނީ މާދަމާގެ ނިޔަލަށް ކަމަށެވެ.

އަދި މި ޚީދުމަތް ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށާއި ޕޯސްޓްޕެއިޑް ކަސްޓަކަރުންނަށްވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މިނިވަންކަމުގެ އުފާ އެންމެނަށް ހިއްސާ ކުރުމަށާއި މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ.

މިއަދު ފާހަގަ ކުރަމުންދާ މިނިވަން ކަމަކީ އިނގިރޭސީންގެ އަތުން ރާއްޖެ މިނިވަންވިތާ 50 އަހަރު ފުރުމެވެ. ރާއްޖެ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހު 26 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް