މަނާ ގަޑީގައި ދުއްވައިގެން 15 މީހަކަށް ފިޔަވަޅު އަޅާ 1500 އެއްހާ މީހުންނަށް ނަސޭހަތް ދީފިއެވެ.
މިނިވަން 50 އަށް ތަންތަން ޒީނަތްތެރިކުރުމާއި ޒީނަތްތެރިކޮށްފައި ހުރި ތަންތަން ބަލައިލުމުގެ ފުރުސަތު ގިނަ ބަޔަކަށް ދިނުމުގެ ގޮތުން އިއްޔެ ހަވީރު 5:00 އިން ރޭ 8:00 އަށް ފައިމަގުގައި އުޅޭ ގޮތަށް އޮތީ ހަމަޖައްސައިފައެވެ.
މިނިވަން 50 އާ ގުޅިގެން އިއްޔެ ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 15 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދުއްވުން މަނާގަޑިތަކުގައި ދުއްވައިގެން 1567 މީހަކަށް ނަސޭހަތް ދީފައިވާއިރު ތަކުރާރުކޮށް ދުއްވައިގެން ތިން މީހެއްގެ ލައިންސެންސް ހިފަހައްޓާފައިވާ ކަމަށެވެ. ލައިންސެންސް ނެތި ދުއްވި ހަތް މީހަކާއި ލައިސެންސް އަތުގައި ނެތި ދުއްވި ފަސް މީހަކާ މެދު ފިޔަވަޅުއަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިއްޔެ ހިނގާފައި އުޅޭ ވަގުތު ޓްރާންސްޕޯޓުން ކަނޑައެޅީ މިނިވަން 50 އަށް މާލެތެރެ ޒީނަތްތެރިކޮށްފައިވާއިރު، އެތަންތަން ބަލައިލުމުގެ ފުރުސަތު ގިނަ ބަޔަކަށް ދިނުމަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް