އަނބިމީހާ ލޯބިވަނީ އެހެން މީހަކު ދެކެކަން އެނގުމުން ލޯބިވެރިޔާ އާ ކައިވެނިކޮށްދީފި

މިއީ އަނެއްކާވެސް ނިމެން މިދާ ހަފްތާގެ ތެރޭގައި އަވަށްޓެރި އިންޑިއާގައި ހިނގި ތަފާތު ހާދިސާއެއްގެ ވާހަކައެވެ. އިންޑިއާގެ ކާންޕޫރުގެ އަވަށެއްގެ އުމުރުން މިހާރު 40 އަހަރުގެ ޔޯގޭޝް ތިވާރީ، އުމުރުން މިހާރ...

26 Jun 2025 | 09:19

މިއީ އަނެއްކާވެސް ނިމެން މިދާ ހަފްތާގެ ތެރޭގައި އަވަށްޓެރި އިންޑިއާގައި ހިނގި ތަފާތު ހާދިސާއެއްގެ ވާހަކައެވެ.

އިންޑިއާގެ ކާންޕޫރުގެ އަވަށެއްގެ އުމުރުން މިހާރު 40 އަހަރުގެ ޔޯގޭޝް ތިވާރީ، އުމުރުން މިހާރު 30 އަހަރުގެ ސޯނީ އާއި ކައިވެނިކުރީ  2013 ވަނަ އަހަރުގައެވެ.

ކައިވެންޏަށް ދަރިން ލިބުނު ނަމަވެސް ސޯނީ ގެންދިޔައީ އޭނާގެ އަލަތު ލޯބިވެރިޔާ، އުމުރުން 35 އަހަރުގެ ވިކާސް ދިވޭދީއާއި ގުޅުން ދަމަހައްޓަމުންނެވެ.

ޔޯގޭޝް އަށް ސޯނީ އާއި ވިކާސްގެ ގުޅުން އެނގުނީ ދާދި ފަހުންނެވެ. ދެ ބަސްވުންތަކާ އަވަށުގެ ޕަންޗާޔަތުގެ މަޝްވަރާ ތަކާއި ލަފާތަކަށްފަހު ޔޯގޭޝް ނިންމީ އޭނާގެ އަންހެނުން ސޯނީގެ ކައިވެނި ވިކާސް އާއި ކޮށްދިނުމަށެވެ.

އިންޑީއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ސޯނީ އާއި ވިކާސްގެ ކައިވެންޏަށް ތަން ހަމަޖައްސައިދިނުމުގެ ކަންކަން ކޮށްދިނީވެސް ޔޯގޭޝްއެވެ. އެކަން ޔޯގޭޝް ކުރީ ވިކާސް އާއި ކައިވެނި ކުރާ ވަގުތުން ފެށިގެން ސޯނީ ވަރިވާގޮތަށް ޕަންޗާޔަތުގެ ހާޒިރުގައި ލިޔުމެއްގައި ސޮއި ކުރުމަށްފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް