ރައްކާތެރި މުޖުތަމަޢުއެއް ބިނާކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ދުޅަހެޔޮ، ރައްކާތެރި މުޖުތަމަޢުއެއް ބިނާކުރުމުގައި ސަރުކާރުން ގަދައަޅާ މަސައްކަތްކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމ...

26 Jun 2025 | 08:58

ދުޅަހެޔޮ، ރައްކާތެރި މުޖުތަމަޢުއެއް ބިނާކުރުމުގައި ސަރުކާރުން ގަދައަޅާ މަސައްކަތްކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނުގެ އަމިއްލަ "އެކްސް" އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ބައިނަލްއަޤްވާމީ ފެންވަރެއްގައި ގުޅިގެން އެކަމަށް ހައްލު ހޯދަންޖެހޭ މައްސަލަައެއް ކަމަށެވެ.

އެގޮތުން މި އަމާޒަށް ވާސިލުވުމުގައި ބައިނަލްއަޤްވާމީ ގޮތުން އަޅާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްްވާފައެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ޤާނޫނީ ރައްކާތެރިކަން ލިބޭގޮތަށް، ޤާނޫނީ ފިޔަވަޅުތަކާއެކު، ފަރުވާ ދިނުމާއި މުޖުތަމަޢަށް އަނބުރާ ގެނައުން ހިމެނޭ ގޮތަށް، ޤައުމީ އޮނިގަނޑެއް އެކުލަވާލެވި، ތަންފީޒު ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ފަރުވާދީގެން، އަލުން އަނބުރާ މުޖުތަމަޢަށް އެފަދަ ފަރާތްތައް ގެނައުން، އެކަމަށްޓަކައި ނ.ވެލިދޫ، ކ.ކާށިދޫ، އަދި، ލ.ގަމުގައި ރީހެބިލިޓޭޝަން ސެންޓަރުތައް ވަނީ ޤާއިމުކުރެވިފައި" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެފަދަ ފަރާތްތަކުން ފަރުވާ ފުރިހަމަކުރުމަށްފަހު، އަލުން މުޖުތަމަޢަށް އެނބުރި އައިސް، ވަޒީފާގެ މާހައުލަށް ނުކުމެ، އަލުން މަސްތުވާތަކެއްޗަށް އަނބުރާ ނުދިޔުމަށް ދޭންޖެހޭ ފަރުވާ އާއި އަޅާލުން ދިނުމުގައި ދައުލަތުން ބުރަ މަސައްކަތްތަކެއް ކުރާނޭކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް