މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް 5،000 ރުފިޔާ ބަހައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި އަހަރުގެ މުދަލު ޒަކާތް ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އިއްޔެ ބަހާފައިވާ ކަމަށެވެ.
ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައި ވަނީ 2852 މީހުންނެވެ.
އެގޮތުން އެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހެއްގެ ބޮލަކަށް 5000 ރުފިޔާގެ ރޭޓުން މި އަހަރުގެ މުދަލު ޒަކާތް ބަހާފައިވާާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައި ވަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ބޮލަކަށް 4000 ރުފިޔާއެވެ.
މި ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް