ހުރަވީ ސްކޫލުގެ "ހުނަރު ވެހި" އަށް ބޭނުންވާ ތަކެތި އެމް.އޭ.ސީ.އެލްއިން ހަދިޔާކޮށްފި

މޯލްޑިވްސް  އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި ގުޅިގެން ހުރަވީ ސްކޫލުގައި ގާއިމުކޮށްފައިވާ ވޮކޭޝަނަލް ހަބް "ހުނަރު ވެހި" އަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ...

26 Jun 2024 | 18:14

މޯލްޑިވްސް  އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި ގުޅިގެން ހުރަވީ ސްކޫލުގައި ގާއިމުކޮށްފައިވާ ވޮކޭޝަނަލް ހަބް "ހުނަރު ވެހި" އަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ ހުނަރުވެހީގައި ކުރިއަށް ގެންދާ ތަމްރީނުތަކުގައި ބޭނުންކުރާ ތަކެއްޗެވެ. އެމް.އޭ.ސީ.އެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލުގައި މިދިޔަ އަހަރު ހުޅުވި ހުނަރު ވެއްސަކީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައިދިނުމަށް މަގުފަހި ކުރުމުގެ ގޮތުން ހުޅުވިގެންދިޔަ ތަނެއް ކަމުގައި އެމް.އޭ.ސީ.އެލް އިން ވަނީ ބުނެފައެވެ.

ހުނަރު ވެހީގައި މިހާތަނަށް ތަފާތު އެކި ދާއިރާތަކުން ދަރިވަރުން ދަނީ ގައުމީ ފެންވަރުގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތައް ފުރިހަމަ ކުރަމުންނެވެ. އެގޮތުން، މިވަގުތު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 18 ދަރިވަރަކު ދަނީ އިލެކްޓްރިކަލް އިންސްޓޮލޭޝާން އެންޑް މެއިންޓެނަންސް ކޯސް އަދި 15 ދަރިވަރަކު ދަނީ ފަހަން ދަސްކުރުމުގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސް ފުރިހަމަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް