މާލޭ ދެކުނު ފަރާތުގެ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއް ދިޔަވެ އަޑިއަށްގޮސްފައިވަނިކޮށް އެ ދޯނި ފެންމަތިކުރުމުން ދިޔަ ހިއްކުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި އަޅާފައި އޮތް އޮޑިއެއް އަޑިއަށް ދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމަށް ލިބުމާއި އެކު އެމްއެންޑީއެފްގެ މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިކަމަށެވެ.
އަމިއްލަ ފަރާތެއްގެ ސޭލައެއްގެ އެހީގައި އަޑިއަށް ދިޔައި ދޯނި ފެން މަތި ކޮށްދިނުމުން، މާލޭ ފަޔަރ ސްޓެޝަނުގެ ފަޔަރ ފައިޓަރުން ވަނީ، ޕަންޕު ބޭނުންކޮށްގެން، އެ ދޯނީގައި ބޮޑުވެފައި އޮތް ދިޔަގަނޑު ހިއްކައިދީފައި ކަމަށް އެމްއެންޑިއެފުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް