މިދިޔަ ހޮނިހިރު ދުވަހު ނ. ވަވައްޗަށް ލެއްގި ޑިންގީއެއްގައި ތިބި ތިން މީހުން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނީ ސޯމާލިޔާއަށް ނިސްބަތްވާ އެ ތިން މީހުން ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ފެސިލިޓީއާ މިއަދު ހަވާލުކޮށްފައިވާކަމަށެވެ.
އެ ޑިންގީގައި ތިބީ އުމުރުން 28 އަހަރުގެ ޝުއައިބު އަލީ އަމްބާރް އާއި އުމުރުން 19 އަހަރުގެ ދާދިރު ސަކަރިޔޭ އަބްދީގެ އިތުރުން އުމުރުން 39 އަހަރުގެ މުޙައްމަދު އަބްދުﷲ އެވެ.
ސޯމާލިއާގެ ނޫސްތަކުން މައުލޫމާތު ދޭ ގޮތުގައި މި ތިން މީހުން ޑިންގީގައި ދަތުރު ފަށާފައިވަނީ އޭޕްރިލް މަހު 27 ވަނަ ދުވަހުއެވެ. މަހަށް ނުކުއިން ތިން މީހުން ކަނޑުމަތީގައި ހާލުގައި ޖެހި އޮޔާއިވައިގައި ބެހިގެން ރާއްޖެ ލެއްގީކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް