ރައްޔިތުންނަށް ހިތް ފަސޭހަ ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމުގައި އެމްޑީޕީން އަބަދުވެސް ދެމި އޮންނާނެ: ރައީސް ސޯލިޙް

ރައްޔިތުންނަށް ހިތް ފަސޭހަ ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމުގައި އެމްޑީޕީން އަބަދުވެސް ދެމި އޮންނާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އ...

26 Jun 2024 | 09:35

ރައްޔިތުންނަށް ހިތް ފަސޭހަ ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމުގައި އެމްޑީޕީން އަބަދުވެސް ދެމި އޮންނާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ރައީސް ސޯލިހް ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ އެންމެ މުހިއްމު ރައުސްމާލުކަމުގައިވާ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް އަހަރީ ދުވަހުގެ ތަހުނިއްޔާ ފޮނުއްވާފައެވެ. އަދި މީގެ އިތުރަށް އެ މަނިކުފާނު ވިދާޅުވީ އިސްލާމީ ސައްހަ އަޤީދާގައި ދެމިތިބެ ޑިމޮކްރަސީ އާއި އިންސާނީ ހައްޤގުތައް ހިމާޔަތްކޮށް ރައްޔިތުންނަށް ހިތް ފަސޭހަ ތަނަވަސް ދިރިއުޅުމެއް މަގުފަހި ކޮށްދިނުމުގައި އެމްޑީޕީން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، ޤައުމާއި ރައްޔިތުންގެ އިތުރު ކުރިއެރުން ހޯދައިދިނުމުގައި އެ ޕާޓީން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް