އިސް ރަށްވެހިންނަށް ކުރިއަށްގެންދާ ރިސާލަތު ޕްރޮގްރާމްގެ ދެވަނަ ސެސަން "ނަމާދު" ކުރިއަށް ގެންގޮސްފި

ރިސާލަތު ޕްރޮގްރާމްގެ ދެވަނަ ސެޝަން "ނަމާދު" އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދާޢީ އައްޝައިޚް ޢަބްދުލް ޤާދިރު މުޙައްމަދ...

26 Jun 2024 | 09:05

ރިސާލަތު ޕްރޮގްރާމްގެ ދެވަނަ ސެޝަން "ނަމާދު" އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަން ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދާޢީ އައްޝައިޚް ޢަބްދުލް ޤާދިރު މުޙައްމަދެވެ. މި ސެޝަންގައި ބައިވެރިވެފައިވަނީ 16 ފަރާތެކެވެ.

ސަރުކާރާއި އިސްލާމިކް ކަންތައްތަކާއި ބެހޭ ވުޒާރާއާި ގުޅިގެން،  އިސްރަށްވެހިންގެ ނާދީގައި ކޮންމެ ހަފްތާއަކުވެސް ތާވަލުކުރެވިފައިވާ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. މިގޮތުން މިފަދަ ކޮންމެ ހަރަކާތެއް ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ އިސްރަށްވެހިންނަކީ މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން ހިމެނޭ، އެބައެއްގެ ޚިދުމަތްތަކުގެ އަގުވަޒަންކުރެވޭ، އަދި މުޖުތަމަޢުގެ އެންމެންގެ ލޯތްބާއި އިޙުތިރާމުލިބޭ ބަޔަކަށް ހެދުން ކަމުގައި އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އިސްރަށްވެހިންނަށް ޚާއްސަކޮށް ތަފާތު ހަރަކާތްތައް ނާދީގައި ކުރިއަށް ގެންދާއިރު، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގައި 750 މީހުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް