އައްޑޫ ސިޓީގައި ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއެއްގެ ޚަބަރެއް ނުވެގެން ހޯދަމުންދަނިކޮށް 09:40 ހާއިރު މޫދުގައި އޮއްވާ ފެނިފައިވާކަމަށް ރިޕޯޓުކުރިކަމަށެވެ.
"ފޭދޫ ޞިއްޚީ މަރުކަޒަށް ގެންދިޔައިރުވެސް އެމީހާ ފުރާނަ ނެތްކަމަށް އެ މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މަރުވެފައިވަނީ ނޭޕާލަށް ނިސްބަތްވާ ފިރިހެނެއްކަމަށާއި ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިނެތްކަމަށް ޑަކުޓަރު މަޢުލޫމާތުދެއްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް