ދުވަހުގެ މޫސުން: ދެކުނަށް މޫސުން ރަނގަޅު، އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު މެދުރާއްޖެއާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވ...

26 Jun 2024 | 06:38

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު މެދުރާއްޖެއާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މެޓުގެ މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެއެވެ.

ވިލާގަނޑުގައި މިއަދު ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވާއިރު އުތުރާއި މެދުރާއްޖޭގައި މިއަދު ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް މަޑުވާނެކަމަށް މެޓުން ބުނެއެވެ.

ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެކުނުގައި ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދު އަދި އުތުރުގައި ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް