ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށް ގޯތި ލިބޭނެ: މިނިސްޓަރު

ބިންވެރިޔާ ޕްރޮގްރާމުގައި ގޯއްޗަށް އެދުނު އަދި ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާ...

26 Jun 2023 | 12:07

ބިންވެރިޔާ ޕްރޮގްރާމުގައި ގޯއްޗަށް އެދުނު އަދި ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މިކަމާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު ވިދާޅުވީ 5000 ގޯތީގެ ލިސްޓް މިއަދު ގެޒެޓް ކުރެވިގެންދާނެ ކަމަށެވެ.

ސިންގަލް އަދި ޖޮއިންޓްކޮށް 23،088 ފޯމު ހުށަހަޅާފައިވާއިރު ޝަރުތު ހަމަވީ 12،794 ފޯމް ކަމުގައި އަސްލަމް މިއަދު ވިދާޅުވިއެވެ.

މީގެ އިތުރުން މިވަގުތަށް އިއުލާނުކުރާ 5000 ގޯތި ލިބޭ މީހުންގެ އިތުރުން ކޮލިފައިވާ އެންމެންނަށް ގޯތި ދޭން ކެބިނެޓްގެ ހާއްސަ ބައްދަލުވުމެއް ބާއްވައި ނިންމާފައިވާކަމުގައިވެސް ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް