މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ދިޔަ ހައްޖުވެރިން މިނާއަށް ދަތުރު ފަށައިފިއެވެ.
މިކަން ހާމަކޮށް ދިވެހި ހައްޖު މިޝަނުން ވަނީ މިނާއަށް ހައްޖުވެރިން ފެށި ދަތުރުގެ ބައެއް ފޮޓޯ ހާމަކޮށްފައެވެ.
ހައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިކަމަށް އުމުރުން އެއްފަހަރުކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ. އަދި ހައްޖުމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެގޮތުން ރާއްޖެއިން ދިޔަ ހައްޖުވެރިން މިނާއިން، ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށް ދިއުމަށެވެ.
ރާއްޖެއަށް މި އަހަރު 1000 ހައްޖު ކޯޓާ ލިބިފައިވާއިރު ރާއްޖެއިން ހައްޖަށްދާ ހުރިހާ ހައްޖުވެރިން މިހާރު ވަނީ ދަތުރުކޮށްފައެވެ. އެންމެ ފަހު ފްލައިޓް ފުރާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. މި އަހަރު ރާއްޖެއިން ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ތިން ފްލައިޓެއްގައި 874 ހައްޖުވެރިން، ސިސިލްފަރު ގްރޫޕްގެ ހަވާލުގައި 88، ހަރަމައިން ގްރޫޕްގެ ހަވާލުގައި 86 އަދި މަނާސިކް ގްރޫޕްގެ ހަވާލުގައި 86 ހައްޖުވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް