ދީނާއި ސަގާފަތަށް ގޮންޖަހަން ބޭނުން ކުރާ ހަތިޔާރަކަށް ދެން އެމް.ޑީ.ޕީ ނެހެދޭނެ: އައްޑޫ މޭޔަރ

ދިވެހިންގެ ދީނާއި ސަގާފަތަށް ގޮންޖަހަން ބޭނުން ކުރާ ހަދިޔާރަކަށް ދެން އެމް.ޑީ.ޕީ ނެހެދޭނެ ކަމަށް އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. މިހެން ނިޒާރު ވިދާޅުވެފައިވަނީ އޭނާ ކުރި ފޭސްބުކް ޕޯސްޓ...

26 Jun 2023 | 08:56

ދިވެހިންގެ ދީނާއި ސަގާފަތަށް ގޮންޖަހަން ބޭނުން ކުރާ ހަދިޔާރަކަށް ދެން އެމް.ޑީ.ޕީ ނެހެދޭނެ ކަމަށް އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިހެން ނިޒާރު ވިދާޅުވެފައިވަނީ އޭނާ ކުރި ފޭސްބުކް ޕޯސްޓެއަގައިއެވެ.

މި ޕޯސްޓްގައި ނިޒާރު ވަނީ އެމް.ޑީ.ޕީ ގެ 18 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ލޮބުވެތި މެމްބަރުންނަށް ފޮނުއްވާފައެވެ. އަދި އެމް.ޑީ.ޕީ މިހާރު ވަނީ ޒަމާންވި ބާރާއި ކަސްތޮޅުގެ ސަގާފަތުން ފުރަތަމަ ފަހަރަށް މިނިވަންވެފައި ކަމަށް ނިޒާރު އިތުރަށް ވިދާޅުވެފައިވެއެވެ.

"މިނިވަންވެފައިވާ ފުރަތަމަ ސިޔާސީ ފިކުރަކަށް އެމް.ޑީ.ޕީ ހަދާލެވިފައި ވުމާއި އެކު ، ޕާޓީގެ މުސްތަގްބަލް ފެންނަނީ ކުރިއަށްވުރެ އުޖާލާކޮށް" ނިޒާރު ވިދާޅުވެފައިވެއެވެ. އަދި ހަމައެފަދައިން ދިވެހިންގެ ދީނާއި ސަގާފަތަށް ގޮންޖަހަން ބޭނުން ކުރާ ހަތިޔާރަކަށް ދެނެއް އެމް.ޑީ.ޕީ ނެހެދޭނެ ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ.

ނިޒާރު މިގޮތަށް ވިދާޅުވެފައިވަނީ އެމް.ޑީ.ޕީ ގެ 18 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކަމަށް ވާއިރު، ހަމައެފަދައިން އެ ޕާޓީގެ ޗެއާޕަންސް ފައްޔާޒު ވަނީ ވަކި ފަރުދަކަށްވުރެ އެމް.ޑި.ޕީ އާއި މި ގައުމު މާ ބޮޑު ކަމުގައި ވިދާޅުވެފައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް