އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނީ ހައްޖުވެރިންގެ ދުއާއާއެކު: އިމްރާން

މި އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނީ ހައްޖުވެރިންގެ ދުއާއާއިއެކުގައި ކަމުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާން މިހެން ވިދ...

26 Jun 2023 | 07:37

މި އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނީ ހައްޖުވެރިންގެ ދުއާއާއިއެކުގައި ކަމުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާން މިހެން ވިދާޅުވީ ފަތިހު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓް އިމްރާން ކުރައްވާފައިވަނީ މިއަދަކީ ހައްޖާޖީން ހައްޖުގެ އަޅުކަން ފަށައިގަންނަ ދުވަސްކަން ފާހަގަކުރައްވަމުންނެވެ.

"މި އަހަރުގެ އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ ހައްޖަށް ވަޑައިގަންނަވާ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚްތުންގެ މަތިވެރި ދުއާތަކާއި އެކުގައެވެ" އިމްރާން ވިދާޅުވެފައިވެއެވެ.

https://twitter.com/ShimranAb/status/1673129768626307072

އިމްރާން މިހެން ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީއަކީ މި ސަރުކާރުގެ ކޯލީޝަން ޕާޓްނަރެކެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު އަދާލަތުން ވަނީ ކޯލީޝަން ހަދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް