ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގަ ފުލުހުން ތިން ވަނަ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގަ ތިން ވަނައަށް ހައްޔަރުކޮށްފައިވަނީ މާލޭ ދަފްތަރު އުމުރުން 40 އަހަރުގެ އަހުމަދު މުއާޒެވެ. މުއާޒުގެ އިތުރުން މިއަދު ހައްޔަރު ކުރީ މއ. ފާގަފިލާ، އުމުރުން 39 އަހަރުގެ އަހްމަދު އިސްމާއިލް (އަހަނދު) އާއި މ. ލެގޫން، ވިއު، އުމުރުން 30 އަހަރުގެ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އެވެ.
ފުލުސް ނެރުނު ބަޔާނެއްގައި ބުނީ ތިން މީހަކު ހައްޔަރުކުރީ ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ.
އެ މީހުން ހައްޔަރުކުރީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އެކުލަވާލި ކޮމިޝަނުގެ ތަހުގީގާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ތިން މީހުން ހައްޔަރުކުރީ، އެނގިފައިވާ ގޮތުގައި، މަރު ކޮމިޝަނުން ބޭރުގެ ތަޖުރިބާކާރަކާ އެކު ހިންގާ ތަހުގީގަށް ލިބުނު ކުރިއެރުންތަކަކާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް