ފެންފުށީ ފަޅުގެ ބޮޑު ބައެއް ޓޫރިޒަމް މިނިސްޓްރީން، ވިލާ ކުންފުންޏަށް ދީފި

އދ. ފެންފުށީ ފަޅުގެ ބޮޑު ބައެއް ޓޫރިޒަމް މިނިސްޓްރީން، ވިލާ ކުންފުންޏަށް ދީފިއެވެ. ޓޫރިޒަމް މިނިސްޓްރީން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކުންފުންޏަށް ދިނީ އެ ކުންފުންޏަށް ދޫކޮށްފައި އޮތް ތ. އެލާގެ ބަދަލ...

26 Jun 2022 | 10:35

އދ. ފެންފުށީ ފަޅުގެ ބޮޑު ބައެއް ޓޫރިޒަމް މިނިސްޓްރީން، ވިލާ ކުންފުންޏަށް ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކުންފުންޏަށް ދިނީ އެ ކުންފުންޏަށް ދޫކޮށްފައި އޮތް ތ. އެލާގެ ބަދަލުގައި ކަމަށެވެ. އަދި އެ ކުންފުންޏަށް ފެންފުށީ ފަޅުން ބޮޑުފިނޮޅުގެ ހުޅަނގަށް އޮންނަ ބައި ދިނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން 99 އަހަރަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ އަށް ދޫކޮށްފައިވާ ތ. އެލާ ހިމަނައިގެން އެ އަތޮޅު ވޭމަންޑޫއާއި ކިނބިދުއާ ދެމެދު ކޯސްވޭ އެޅުމަށް ނިންމާފައިވާތީ އެލާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ފެންފުށީ ފަޅު ދިނުމަށް ގާސިމު އިބްރާހިމް ވަނީ އެދިވެޑައިގެންފައެވެ.

ސަން އައިލެންޑް ރިސޯޓާއި އެއްފަޅެއްގައި އޮންނަ އެ ސަރަހައްދުގައި ރިސޯޓް ހެދުމުގެ މަސައްކަތް ވިލާ ކުންފުނިން އަދިނުފަށައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް