ހަތަރެއް ގުނަ 100 މީޓަރ މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި

ލޯންގކޯސް މިކްސްޑް، 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ. ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި މި ރެ...

26 Jun 2022 | 08:56

ލޯންގކޯސް މިކްސްޑް، 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި މި ރެކޯރޑް އައުކޮށްފައިވަނީ 04.18.44 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 7.47 ސިކުންތުގެ ކުރިއެރުމެކެވެ.

ޤައުމީ ރެކޯރޑް އައުކުރި ދިވެހި ޓީމްގައި ހިމެނެނީ މުޙައްމަދު އާން ޙުސައިން، އައިޝަތު ސައުސަން، ހަމްނާ އަޙްމަދު އަދި މުބާލް އައްޒާމް އިބްރާޙީމެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައި ވަނީ، 2019 ވަނަ 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސްގައި 04.25.91 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

ދިވެހި ފެތުންތެރިން ވަނީ މި މުބާރާތުގައި ޖުމްލަ 9 އިވެންޓެއްގެ 10 ޤައުމީ ރެކޯރޑް އައުކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވި ދިވެހި ޓީމް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 27 ޖޫން ވާ ހޯމަދުވަހުގެ މެންދުރު 12:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް