ހުޅުމާލޭގައި ބިނާކުރަމުންދާ "މަސްޖިދު ރަޝީދު" ޖުލައި 2 ގައި ހުޅުވަނީ

ހުޅުމާލޭގައި ބިނާކުރަމުންދާ "މަސްޖިދު ރަޝީދު" ޖުލައި 2 ގައި ހުޅުވަން ނިންމައިފިއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އާރްސީސީގެ ފަރާތުން ޢިމާރާތް ކުރަމުންދާ "މަސްޖިދު ރަޝީދު" ...

26 Jun 2022 | 08:47

ހުޅުމާލޭގައި ބިނާކުރަމުންދާ "މަސްޖިދު ރަޝީދު" ޖުލައި 2 ގައި ހުޅުވަން ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އާރްސީސީގެ ފަރާތުން ޢިމާރާތް ކުރަމުންދާ "މަސްޖިދު ރަޝީދު" ހުޅުވާނީ ޖުލައި ދެވަނަ ދުވަހުގެ ރޭ ޢިޝާ ނަމާދަށް ކަމަށެވެ. މިއީ 1200 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނީ މި މިސްކިތް ހުޅުވުމާއެކު ވަގުތީ މިސްކިތެއްގެ ގޮތުގައި މިހާރުބޭނުންކުރަމުން އަންނަ "މަސްޖިދުލް ފިތުޔާ" ގައި ނަމާދުކުރުން ހުއްޓާލާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އެގޮތަށް ނިންމީ އަލަށް ހުޅުވާ މިސްކިތުގައި 1200 މީހުންނަށް ނަމާދު ކުރެވޭއިރު، ކައިރިކައިރީގައި ދެ މިސްކިތް ހުރުމުން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

https://twitter.com/hdcmaldives/status/1540965944226611201

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް