ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ރިލްވާން ގެއްލުނީ 2014 ވަނަ އަހަރުގެ އޮގަސްޓު އަށް ވަނަ ދުވަހުގެ ރޭ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލްގައި ހުއްޓަ އެވެ.
މި މައްސަލައިގަ މިއަދު ދެ މީހަކު ހައްޔަރުކޮށްފަވެ އެވެ. ދެވަނައަށް ހައްޔަރުކޮށްފަިއވަނީ އަހުމަދު އިސްމާއިލް (އަހަނދު)އެވެ.
އޭނާއަކީ މީގެ ކުރިންވެސް އެކި މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އޭނާއަކީ ރާއްޖޭގައި ޙަރަކާތްތެރިވާ ގޭންގެއްގެ އިސްކޮށް އުޅޭ ފަރާތެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގަ މިއަދު ފުރަތަމަ ހައްޔަރު ކުރީ އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކާނިވާ ސަރަހައްދުގެ ކެފޭއެއްގައި ސައިބޯން އިންދަ އެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގަ އިތުރު މީހަކު ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
ރިލްވާނަށް ވީގޮތް ހޯދައި ދިނުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަމެއް ކަމަށް ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯޅިހު ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް