މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ޖަމާޢަތް މިއަދު ފުރާތީވެ، މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނީ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނީ ހައްޖުވެރިން ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް ކަމަށްވާ ޖޫން 26، 29 އަދި ޖުލައި 2 ވަނަ ދުވަހުކަމަށެވެ.
އެ ދުވަސްތަކުގެ ރޭގަނޑު 7:00 އިން 8:00 އަށް މަޖީދީމަގާއި އަމީނީ މަގު އަދި އޯކިޑްމަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުން ވަނީ ނިންމާފައެވެ.
އަދި މި ގެނެވޭ ބަދަލާއެކު ރޭގަނޑު 7:00 އިން 8:00 އަށް މަޖީދީ މަގުން އަދި އަމީނީ މަގުގެ ވަކި ހިސާބަކަށް ހުޅަނގުން އިރަށެވެ.
ހައްޖަށް ދާ މީހުންގެ ފުރަތަމަ ޖަމާއަތް މިއަދު ފުރަންހަމަޖެހިފައި ވާއިރު، ފުރަތަމަ ދަތުރުގައި 157 މީހުން ޙައްޖަށް ދިއުމަށް ފުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް