ނޫސްވެރިޔާ ރިޟުވާން ގެއްލުނު މައްސަލައިގާ މީހަކު ހައްޔަރުކޮށްފި

ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން ގެއްލުނު މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ. އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)...

26 Jun 2022 | 05:56

ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން ގެއްލުނު މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކާނިވާ ސަރަހައްދުގެ ކެފޭއެއްގައި ސައިބޯން އިންދާ މިއަދު ހެނދުނުއެވެ.

ރިޟުވާން ގެއްލުވާލި މައްސަލައިގައި އެހެން ދެ މީހަކު ވެސް ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން އަދިހާމައެއް ނުކުރެއެެވެ.

މިއަދު ހެނދުނު ހައްޔަރުކުރި އިސޫއަކީ މީގެ ކުރިން ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ތުރުކީ މަގުން އެ ގައުމަށް ދާން އުޅެނިކޮށް ހިފެހެއްޓުމަށްފަހު ތުރުކީން ރާއްޖެއަށް ޑީޕޯޓުކޮށްލި މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް