ޓްރާންސްފޯމަރ އަޕްގްރޭޑިންގެ މަސައްކަތަކަށް މިއަދު ކުރުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ މިއަދު މެންދުރު ފަހު 13:00 އިން 15:45 އާ ދެމެދު ކަމަށެވެ.
މި މަސައްކަތް ކުރަމުންދާ ވަގުތު ގާތްގަޑަކަށް 45 ވަރަކަށް މިނެޓަށް ކަރަންޓުގެ ޚިދުމަތް ކެނޑޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
އެގޮތުން މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔަމަގު، ހަނދުވަރީ ހިނގުން، ޝަހީދު އަލީ ހިނގުމާއި، ފުލޫނިޔާ މަގު އަދި ހަވީރީ ހިނގުމުން 45 މިނެޓެއްހާއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
މިމަހު 24 ވަނަ ދުވަހު ހެނދުނު 6:30 އާއި 7:30 އާ ދޭތެރޭ ވެސް ކަރަންޓުގެ މަސައްކަތެއް ކުރުމަށް، މާލޭގެ ބައެއް ހިސާބުތަކުން 10 މިނެޓަށް ވަނީ ކަރަންޓު ކަނޑާލާފައެވެ.
ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށާއި، އެފަދަ މަސައްކަތް ކުރުމަށް ދޭތެރެ ދޭތެރެއިން ސްޓެލްކޯ އިން ކަރަންޓު ކަނޑަމުން އަންނައިރު، އެފަދަ މައުލޫމާތު އަންނަނީ ޢާންމުންނާ ހިއްސާކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް