ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ: ރައީސް ނަޝީދު

ދިވެހި ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީކަމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ޕާޓީއަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ޓް...

26 Jun 2022 | 04:26

ދިވެހި ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީކަމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ޕާޓީއަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދިވެހިރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށާއި ހާއްސަކޮށް ޓެކްސް ނިޒާމެއް ތައާރަފްކޮށް ދައުލަތުގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑީޕީން ކަމަށެވެ.

ރައީސް ނަޝީދުގެ އެ ޓްވީޓްގައި، ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ އެންމެ މެންބަރުންނާއި ތާއީދުކުރައްވާ އެންމެ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް