ގުރޭޑް ދޭއްގެ ޓެކްސްޓް ފޮތްތައް މުރާޖަޢާކޮށް ބަދަލު ގެނެސްފި

މި ފެށޭ ދިރާސީ އާ އަހަރު ގުރޭޑް ދޭއްގެ ދަރިވަރުންނަށް ލިބޭނީ މުޅިން އާ ޓެކްސް ފޮތް ބައެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ޕީއެސްއެމް ނިއުސްގައި ރޭ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓ...

26 Jun 2022 | 04:20

މި ފެށޭ ދިރާސީ އާ އަހަރު ގުރޭޑް ދޭއްގެ ދަރިވަރުންނަށް ލިބޭނީ މުޅިން އާ ޓެކްސް ފޮތް ބައެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގައި ރޭ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވީ ދިރާސީ އާ އަހަރު ގުރޭޑް ދޭއްގައި ކިޔަވައިދޭ ހުރިހާ ޓެކްސް ފޮތްތަކެއް މުރާޖައާކޮށް ޗާޕްކޮށް ނިމިފައިވާ ކަމަށެވެ.

އަދި އަންނަ އަހަަރު ގުރޭޑް ދޭއްގައި ކިޔަވާ ދަރިވަރުންނަށް ދިރާސީ އާ އަހަރު ލިބިގެންދާނީ އާ ޓެކްސް ފޮތް ބައެއް ކަމަށާއި،

ނިމިގެންމިދާ ދިރާސީ އަހަރުގައި ގުރޭޑް ދޭއްގެ ދަރިވަރުން ކިޔެވި ޓެކްސް ފޮތާއި ކުރިއަށް އޮތް ދިރާސީ އަހަރުގައި ދަރިވަރުން ބޭނުންކުރާ ޓެކްސް ފޮތްތަކުގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ކަރިކިއުލަމް ސިމްޕޯސިއަމްގެ ތެރެެއިން ނިންމި ނިއްމުމާއި އެއްގޮތަށް ޓެކްސް ފޮތްތައް މުރާޖައާ ކުރެވި ގެނެވޭ ބަދަލު ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން މިފެށޭ ދިރާސީ އަހަރަށްފަހު ކޮންމެ ދިރާސީ އަހަރަކު ގުރޭޑެއްގެ ފޮތްތަކަށް ބަދަލު ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް