ދުވަހުގެ މޫސުން: ދެކުނަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް) އިން މިހެން ބުނެފައ...

26 Jun 2022 | 03:34

ދުވަހުގެ މޫސުމަށް ބަލައިލާއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު އިރުއޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ރާއްޖޭގެ އެހެން ހިސާބުތަަކަށް ކެރީގެ އަސަރު ކުރާނެކަމަށްވެސް ލަފާކުރެވެއެވެ.

މެޓުން ބުނެފައިވާގޮތުގައ ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖޭގެ ސަރަހައްދުގައި ގަޑިއަކު ހަތް މޭލާއި 17 މޭލާއިދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ ސަރަހައްދުގައި ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

މިއަދު އުތުރުާއި މެދުރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކުރެއެވެ. ކަނޑުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް