އާލިއާ އިންސްޓަަގްރާމް ކުރަނީ ފޮލޯވަރުން އިތުރު ކުރާކަށް ނޫން!

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އާލިއާ ބަޓަކީ ސޯޝަލް މީޑިއާ ނެޓްވޯކް، އިންސްޓަގްރާމްގައި ވަރަށް ހަރަކާތްތެރި މީހެކެވެ. ފިލްމުތައް ޕްރޮމޯޓު ކުރުމާއި އާމްދަނީއެއްގެ ގޮތުގއި އަމިއްލަ ވިޔަފާރިތައް ޕްރޮމޯ...

26 Jun 2022 | 03:31

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އާލިއާ ބަޓަކީ ސޯޝަލް މީޑިއާ ނެޓްވޯކް، އިންސްޓަގްރާމްގައި ވަރަށް ހަރަކާތްތެރި މީހެކެވެ.

ފިލްމުތައް ޕްރޮމޯޓު ކުރުމާއި އާމްދަނީއެއްގެ ގޮތުގއި އަމިއްލަ ވިޔަފާރިތައް ޕްރޮމޯޓު ކޮށްދެ އެވެ. އެންމެ ހާއްސަ ކަމަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ބަރާބަރަށް ހިއްސާ ކުރުމެވެ.

މިހާރު އެންމެ ގިނައިން އަމިއްލަ ދިރިއުޅުމާއި ގުޅޭގޮތުން އޭނާ ހިއްސާ ކުރާ ފޮޓޯ އާއި ވީޑިއޯތަކަކީ ފިރިމީހާ ރަންބީރު ކަޕޫރާއި އެކު ކުރާ ކަންތަކެވެ. މިދިޔަ އޭޕްރިލް މަހު ކައިވެނި ކުރި ފަހުން އެކި ދުވަސް މަތިން ކައިވެނީގެ އާ ފޮޓޯތައް އާލިއާ އިންސްޓަގްރާމް ކުރެ އެވެ. އެ ފޮޓޯތައް އާލިއާ ހިއްސާ ކުރަން ޖެހެނީ ރަންބީރު ސޯޝަލް މީޑިއާގައި ނޫޅޭތީ އެވެ.

އެހެންވެ އާލިއާގެ އާންމު ދިރިއުޅުމުގެ ފޮޓޯތަކާައި ރަންބީރާއި ދެމަފިރިންގެ ފޮޓޯތައް ބެލުމަށް ގިނަ ބަޔަކު އާލިއާ ފޮލޯ ކުރާ ކަމަށްވެ އެވެ. މިކަމާއި ގުޅޭގޮތުން އާލިއާ ސުވާލު ކުރުމުން އޭނާ ބުނީ ފޮލޯވަރުން އިތުރު ކުރަން އޭނާ ކަމެއް ނުކުރާ ކަމަށެވެ.

އިންސްޓަގްރާމަށް ފޮޓޯ އާއި ވީޑިއޯ ލަނީ ދައްކަން ނޫން ކަމަށް އާލިއާ ބުންޏެވެ. އިންސްޓަގްރާމްގައި އެކްޓިވްކޮށް އުޅުމުގެ މަގުސަދަކީ އެތައް ޒަމާނެއް ފަހުންވެސް ބަލާލަން ރީތި އުފާވެރި މާޒީގެ ހަނދާން ތަކެއް ފެންނަން ބެހެއްޓުން ކަމަށް އާލިއާ ބުންޏެވެ.

އޭނާ ބުނީ ކޮންމެ މީހަކުވެސް އިންސްޓަގްރާމް ކުރަނީ އެ ބޭނުމުގައި ކަމަށެވެ. އެކަމަކު އެމީހުންނަކީ އާންމުން ސަޕޯޓު އަދި ލޯބި ކުރާ ބަޔަކަށް ވާތީ އެތައް ބަޔަކު މަޝްހޫރު މީހުން ފޮލޯ ކުރަނީ ކަމަށެވެ.

އާލިއާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު މިހާރު އުޅެނީ 66.7 މިލިއަން ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް